ސެޓިފައިޑް އޮރިޖިނަލް ޕްރޮޑަކްޓްތަކާއެކު ހާއްސަ ވެލްނެސް ސްޓޯރެއް މާލޭގައި
"ވެލްނެސް މޯލްޑިވްސް ބައި ރިއިންވެންޓް މޯލްޑިވްސް"އިން މާލޭގައި ސާފްތާހިރުވުމަށް ބޭނުންވާ ސެޓިފައިޑް އޮރިޖިނަލް ޕްރޮޑޮކްޓަތްތަކަށް ހާއްސަ ފިހާރައެއް ހުޅުވައިފިއެވެ
ޑިސެމްބަރު 11 ވަނަ ދުވަހު ހުޅުވި އެ ފިހާރައިން އޮރިޖިނަލް އާއި ސެޓިފައިޑް ކްލީނިންގ އަދި ސާފްތާހިރުކަަމަށް ބޭނުންވާ ޕްރޮޑަކްތަކާއި، ދަނޑުވެރިކަމަށް ހާއްސަ ޕްރޮޑަކްޓްތަކުގެ އިތުރުން، ދިރިއުޅުމުގެ ވައްޓަފާޅި އާއި ދުޅަހެޔޮ ދިރިއުޅުމަކަށް ހާއްސަ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ އެވެ.
އެ ފިހާރައިން ވިއްކަން ހުންނަ ސާފްތާހިރުކަމާއި، ސާފްތާހިރުވުމަށް ބޭނުން ކުރާ ޕްރޮޑަކްޓްތަކުގެ ތެރޭގައި، މި ހިމެނެނީ ދުނިޔޭގެ އެންމެ ނަން ހިނގާ ބްރޭންޑްތަކެވެ. އޭގެ ތެރޭގައި ހާގްލައިޓްނާ އާއި އީކޮއާލެބް އާއި ޑައިވާސީ ހިމެނެއެވެ. އަދި އެ ފިހާރައިން ވިއްކަން ހުންނަ ސާފްތާހިރުކަމަށް ބޭނުން ކުރާ މެޝިންތަކާއި އިކުއިޕްމެންޓްތަކަށް ބަލާއިރު، ދުނިޔޭގެ ނަމްބަރު ވަން ބްރޭންޑްކަމަށްވާ ވިކްޓޮރީ ބްރޭންޑްގެ އިލެކްޓްރޯސެޓެޓިކް ޑިސްއިންފެކްޓެންޓް ސްޕްރޭ ހިމެނެ އެވެ. އަދި ސްކްރަބާރސް، ސްޓީމް ކްލީނަރ، ކާޕެޓް ކްލީނިންގ ޓެކްނޮލޮޖީ، ސްޓީމް މޮމްސް، ޕްރޮފެޝަނަލް ކްލީނިންގ އެސެސަރީސްވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ.
ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ޑިސްޕޯސަބަލް ފޭސް މާސްކް، ރީޔޫސަބަލް ފޭސް މާސްކް، ރެސްޕިރޭޓާސް، ހަޒްމަތް ސުއިޓްސް، އަދި އަންގި ފަދަ ޕްރޮޑަކްތައް ހިމެނެއެެވެ.
މީގެ އިތުރުން އެ ފިހާރައިން ގޭގައި ގަސް ހައްދާ ފަރާތްތަކަށް ހާއްސަކޮށް، އޮށާއި، ގަސްކާނާ، ފަނިފަކްސާ ނައްތާލުމަށް ހާއްސަ ޕްރޮޑަކްތަކުގެ އިތުރުންވެސް އިތުރު ޕްރޮޑަކްޓްތައް ލިބެން ހުންނާނެ އެވެ.
އެ ފިހާރައިން ލިބެން ހުންނަ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދުޅަހެޔޮ ދިރިއުޅުމަކަށް ހާއްސަ ޕްރޮޑަކްޓްތަކާއި ކޮފީތަކަށް ހާއްސަ ޕްރޮޑަކްޓްތަކުގެ ތެރޭގައި ސްޓާރބަކްސް، ހޫކް ކޮފީ، ނެސްޕްރެސޯ ކޮފީ މެޝިންވެސް ހިމެނެއެވެ.
ވެލްނެސް މޯލްޑިވްސް އިން މި ވަނީ އާ ފިހާރައާއެކު އޮފިޝަލް ވެބްސައިޓްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ތަކެތިގަތުމުގެ ފުރުސަަތުތައް ލިބޭއިރު، އެ ފިހާރައިން ލިބެން ހުންނަ އާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވަރަށް ފަސޭހަކަމާއެކު ލިބެން ހުންނާނެއެެވެ.
މީގެ އިތުރުން، ކުރިއަަށް އޮތް ދެ މަސް ދުވަހަށް ހާއްސަކޮށް އަހަރު ނިންމާ ސޭލްގެ ނަމުގައި ހާއްސަ ލަކީ ޑްރޯއެއް ވެލްނެސް މޯލްޑިވްސް މި ވަނީ މިއަދު ފަށާފައެވެ. މި ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް ކަނޑައަޅާފައި ވަނީއައިފޯން 12 ޕްރޯ މެކްސްއެެކެވެ. ދެވަނަ އަށްދާ ފަރާތަކަށް އެޓޯލް މޯލްޑިވްސްގެ ހައިޑްވޭ ރިސޯޓް އެންޑް ސްޕާ، ލަގްޒަރީ ރިސޯޓްގައި ދެ ރޭ ހޭދަކޮށްލަން ލިބޭއިރު، ތިން ވަނަ އަށް ދާ ފަރާތަކަށް އަރާމު ހޮލިޑޭސް އެންޑް ސްޕާ ގެސްޓްހައުސްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން، ވެލްނެސް ސްޓޯރ އިން ކުރިއަށްގެންދާ ވީކްލީ ލަކީ ޑްރޯގައި ސިޓީ އިންވެސްޓްމެންޓްގެ ފަރާތުން ހުށަހަޅާފައިވާ ގިފްޓް ބަންޑްލްސް ލިބޭނެއެވެ.